އިބްރާހިމް ޒަކީ
ކޮވިޓް 19 އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން އާއި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ސައިކޯސޯޝަލް ސަޕޯޓް ދިނުމުގެ ނަމުގައި ބަޔަކު ފޭކް ކޯލްތަކެއް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 ގެ ރާއްޖޭގެ ހާލަތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ މިއަދު ވިދާޅުވީ، އެފަދަ ކޯލްތަކޮށް ބައެއްކަހަަލަ މައުލޫމާތު ހޯދަން މަސައްްކަތް ކުރަމުންދާ ކަމަށެވެ.
"ކޮންޓެކްޓްރޭސިންނާ ގުޅިގެންނާއި އައިސޮލޭޝަންގައި ތިބޭ ހުރިހާ ފަރާތްތަކަށް ސައިކޯ ސޯޝަލްސަޕޯޓް ދިނުމުގެ ގޮތުން އެމްއާރުސީން ވޮލަންޓިއަރުން، މިކޮޅުގައި ހަރަކާތްތެރިވާ ޝެލްއިން ކޮންމެ ދުވަހަކު ގުޅަމުން، ނަމަވެސް އަޅުގަނޑުމެންނަށް މައުލޫމާތު އެބަލިބޭ މިގޮތަށް އަޅުގަނޑުމެން ގުޅުމުގެ އިތުރަށް ވެސް އެހެން ފަރާތްތަކުންހޯކްސް ކޯލްތައްވެސް ކޮށް ބައެއްކަހަަލަ މައުލޫމާތު ހޯދަން މަސްއްކަތްކުރާކަން،" ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާާޅުވީ، ދިގު މުއްދަތަށް ފަރުވާހޯދަމުންދާ މީހުުން ޓެސްޓްތައް ހެދުމާއި ޑޮކްޓަރަށް ދައްކަން ދިއުމާބެހޭގޮތުން ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށެވެ.
އެކަމަށް ދަންނަވާލަން އޮތީ ކޮންމެހެން ދާންޖެހިގެންނޫނީ ހޮސްޕިޓަލަށް ނުދިއުން ކަމަށާއި، ނަމަވެސް ކޮންމެހެން ހަދަންޖެހޭ ޓެސްޓްތައް ހަދަންޖެހޭނެ ކަމަށެވެ.
އަދި ހުންއައިސް ރޯގާގެ ކަމެއް ހިމެނޭނަމަ ފްލޫކްލިނިކަށް ދެއްކުން މުހިއްމު ކަމަށާއި އެކަމަށް ސަމާލުވުމަށް އެދޭ ކަމަށްވެސް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.