އިބްރާހިމް ޒަކީ
އަލިއޮން ކާގޯ ބޯޓުގެ ފަޅުވެރިޔާ ނެގެޓިވް ވެފައިވާތީ ބޯޓު މޮނިޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާބެހޭ އެންމެ ފަހުުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، އެބޯޓުން ޓެސްޓުކުރި ފަޅުވެރިމީހާ މިހާރު ހުރީ، ހުޅުލޭ އައިލެންޑް ހޮޓަލްގެ ކަރަންޓީނު ފެސިލިޓީއަށް ގެނަސްފައި ކަމަށެވެ.
އަދި އެ ބޯޓަކީ މުދާ އުފުލާ ބޯޓެއް ކަމަށާއި، އެ ބޯޓު ކަތަންޓީނުން ނެގިހާ އަވަހަކަށް ރާއްޖޭން ބޭރަށް ދަތުރު ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އަލިއޮން ކާގޯ ބޯޓު މޮނިޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ބިދޭސީއަކާއި ދެ ދިވެހިން ކޮވިޑް 19 އަށް ޝައްކު ކުރެވިގެން އަނަންތަރާ ދިގު ރިސޯޓް މިއަދު މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ.
އެ ރިސޯޓުން ކޮވިޑް 19 އަށް ޝައްކުވި ދެ ދިވެހިންނާއި ބިދޭސީ މީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ތިންމީހުންގެ އައިސޮލޭޝަންގެ މަސައްކަތް ނިމެންދެން އެ ރިސޯޓް އޮންނާނީ މޮނިޓަރިންގައ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން އަދާރަން ކުލަބް ރަންނާޅި އާއި ސަންތާރާ ގްރޭންޑުން ނެގި ސާމްޕަލް ތައް ނެގެޓިވްވެފައިވާ ތީ އެ ދެ ރިސޯޓް ކޮރަންޓީނުން ނަގުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.