ކުއްލި ޚަބަރު

އަދާރަން ކުލަބް ރަންނާޅިއާއި ސަންތާރާ ގްރޭންޑުން ނެގި ސާމްޕަލް ނެގެޓިވް

އިބްރާހިމް ޒަކީ

އަދާރަން ކުލަބް ރަންނާޅީ އާއި ސަންތާރާ ގްރޭންޑުން ނެގި ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކޮވިޑް 19ގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން މަބްރޫކު ވިދާޅުވީ، ކ. އަދާރަން ކްލަބް ރަންނާޅިގެ ދިވެއްސަކާއި އދ. ސެންޓަރާ ގްރޭންޑް ރިސޯޓުގެ ދިވެއްސެއްގެ ނަތީޖާ ނެގަޓިވް ވެފައިވާ ކަަމަށެވެ. އެހެންކަމުން އެ ދެ ރިސޯޓު މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ ދެ ރިސޯޓުގެ އިތުރުން، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ޓެސްޓްކުރި އަލިއޮން ކާގޯ ބޯޓުގެ ފަޅުވެރިޔާ ވެސް އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ބޯޓު މޮނިޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ ރިސޯޓާއި ކާގޯ ބޯޓު މިނިޓަރިން އިން ނެގި ނަމަވެސް އިތުރު ރިސޯޓެއް މިއަދު މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ.

ބިދޭސީއަކާއި ދެ ދިވެހިން ކޮވިޑް 19 އަށް ޝައްކު ކުރެވިގެން މޮނިޓަރިންއަށް ލާފައިވަނީ އަނަންތަރާ ދިގު ރިސޯޓް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންނަށް ބަލާއިރު، ވިލިވަރުގައި 28، އީކުއޭޓާ ސަފާރީގައި ދެމީހަކު އެބަތިއްބެވެ. އަދި ހުޅުލޭގައި 135، ވެލިދޫ އައިލެންޑް ރިސޯޓްގައި 16، ފަން އައިލެންޑްގައި 66، ބިޔާދޫ ރިސޯޓްގައި 40، ކުޑަ ބަނޑޮހުގައި 48، ދިއްގިރީގައި 15، ހޮލިޑޭ އައިލެންޑްގައި 88، އަދި ދަރުމަވަންތައިގަ 11 މީހުން ހިމެނޭ ކަމަށެވެ. ނަމަވެސް ފަރުކޮޅު ފުށީގައި އެއްވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް މިހާތަނަށް ނެގި ސާމްޕަލްގެ ތެރެއިިން 13 މީހުން ޕޮޒިޓިވެ 621 ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބި ވަނީ ދެ ކޭސްއެއްގެ ކަަމަށްވެސް ވިދާޅުވިއެވެ.