ކޮވިޑް 19

ކޮވިޑް 19 : އަލީބާބާގެ ބާނީ ޖެކްގެ އެހީ މިފަހަރު ލެޓިން އެމެރިކާގެ ގައުމުތަކަށް

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 ޕެންޑަމިކްގައި ގައުމުތަކަށް އެންމެ ބޮޑު އެހީތެރިވަމުން އަންނަ އެއް ފަރާތަކީ އަލީބާބާގެ ބާނީ އަދި ބިލިޔަނަރު ޖެކް މާއެވެ.

ޖެކް ގެ އެހީ އެންމެ ފުރަތަމަ އެމެރިކާއަށް ފޯރުކޮށްފިނުމަށްފަހު ދެން އެހީ ވީ އެފްރިކާގެ ގައުމުތަކަށެވެ. އެގޮތުން އިއްޔެ ވަނީ އެފްރިކާގެ ގައުމުތަކަށް ފޮނުވަން ނިންމި ސާމާނުތައް ފުރުވާލައިފައެވެ.

އޭޝިއާ ސަރަހައްދުގެ ގައުމުތައް އުފާވީ އިއްޔެ ޖެކް ކުރި ޓުވީޓުގައި މި ސަރަހައްދުގެ ގިނަ ގައުމުތަކަކަށް އެހީ ވާނެކަން އިއުލާނުކުރެއްވުމުންނެވެ. އެގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

ދާދީ ދެންމެ ޖެކް މިވަނީ އިތުރު ގައުމުތަކަށް އުފާވެރި ހަބަރު ދީފައެވެ. ޖެކްގެ ޓުވީޓުގައި ވަނީ ދެ މިލިޔަން މާސްކު، 400،000 ޓެސްޓު ކިޓްސް، 104 ވެންޓިލޭޓަރު ލެޓިން އެމެރިކާގެ ގައުމުތަކަށް ފޮނުއްވާނެކަމެވެ. އޭގެ ތެރޭގައި އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކިއުބާ، އީކުއޭޑޯ، ޑޮމިނިކަން ރިޕަބްލިކް އަދި ޕޭރޫ ހިމެނޭގޮތަށް 24 ގައުމު ހިމެނެއެވެ.

ޖެކްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ މި ގައުމުތައް ދުރުކަމުން ފޮނުވަން ޖެހެނީ ލޯންގް ޑިސްޓަންސްކޮށް ނަމަވެސް، ވީހާވެސް އަވަސް ކޮށްދެއްވާނެ ކަމަށެވެ. އަދި އެންމެންނަކީ އެއްބައެއް ކަމަށް ޖެކް ވަނީ ވިދާޅުވެފައެވެ.

ޖެކް ވެދެއްވާ އެހީތަކަށް ދުނިޔޭގެ އެކި ގައުމުތަކުގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް ޖެކް އަކީ ޗައިނާ ބޭފުޅެއްކަމުން ޗައިނާއިންވެސް ވަނީ ޖެކްގެ ކުރައްވަމުން ގެންދަވާ މަސައްކަތަށް ފަހުރުވެރިވެ ޓުވީޓު ކޮށްފައެވެ.