ލަންކާ މަގުން ރާއްޖެ އައި އުޅަނދެއްގައި ހުރި ބިދޭސީއަކު ކޮވިޑް 19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، "އެލިއޯން" ނަމަކަށް ކިޔާ އެ އުޅަނދު ރާއްޖެ އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ
ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެ އުޅަނދުގައި ހުރި ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެއީ ކޮންކަހަލަ އަދި ކޮން ގައުމެއްގެ އުޅަނދެއް ކަމެއް، އަލާމާތްތައް ފެނުނީ ކޮން ގައުމެއްގެ މީހެއްގެ ފަރާތުން ކަމެއް އަދި އެ އުޅަނދުގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެއެވެ.
އެގޮތުން އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ އުޅަނދު ވަނީ މޮނީޓަރިންއަށް ގެނެސްފައެވެ.