ކޮވިޑް 19

ކޮވިޑް 19 : ޝައްކުކުރެވޭ ދިވެއްސެއްގެ ސާމްޕަލްނަގައި ސެންޓާރާ ގްރޭންޑް ރިސޯޓު މޮނިޓަރިންއަށް ގެނެސްފި

އިބްރާހިމް ޒަކީ

ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި އެ ރިސޯޓް މޮނިޓަރިންއަށް ގެނެސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާއި، އެމީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުުން ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އެޗްޕިއޭއިން ބުނެފައި ވެއެވެ.

ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.

މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހުން ރަނގަޅު ވުމުން، މި ވަގުތު ރާއްޖޭގައި ތިބި ކޮވިޑް 19އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 11 އެވެ.