ބޮލީވުޑްގެ ޝެހެންޝާހު އަމީތާބު ބަޗަން އަކީ މީސް މީޑިއާއާ އާއި ވަރަށް ގާތް ތަރިއެކެވެ.
ފާއިތުވި ދުވަސްތަކުގައި އަމިތާބް ގެންދަނީ ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅޭ އެކި ޕޯސްޓުތައް ހިއްސާކުރަމުންނެވެ.
އިއްޔެ އަމީތާބު ވަނީ ދަރިފުޅު އަދި ބަތަލު އަބީޝެކް ބަޗަންގެ ޕާޓީއެއްގައި އަމީތާބު ސުޕަމޭންގެ ކޮސްޓިއުމު ލައިގެން ހުންނަ ފޮޓޯއެއް ހިއްސާކޮށްފައެވެ. "ސުޕަމޭނަށް ވެގެން، ކޮރޯނާ ވައިރަސްގެ ވަބާ ނައްތައި ލެވޭނެ ނަމައޭ އަހަރެންގެ ހިތަށް އަރާ!" އެ ފޮޓޯގެ ކެޕްޝަނުގައި ހިންދީ ބަހުން ލިޔެފައި ވެއެވެ.
ބޮލީވުޑް ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ވަނީ ކޮވީޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އިންޑިއާގެ އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި މިބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ މީހާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާގައި ކޮވިޑް19 އަށް 250 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.