އަލީ ޔާމިން
އިގުތިސޯދު އާ ދާއިރާތަކަށް ފުޅާކުރަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިނޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، މިވަގުތު ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިތަކުން ފައިދާ ނެރުމުގެ ބަދަލުގައި ވިޔަފާރިތައް ހިފެހެއްޓޭތޯ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން ވަރަށް އަވަހަށް އަރައިގަނެވި ރާއްޖެއަށް ކައިރި މުސްތަގުބަލެއްގައި އެކަމުގެ މަންފާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސަަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް އެކި ދިމަދިމާއިން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލާނަން އާ ދިމަދިމާއިން ރާއްޖޭގެ އިގުތިސާދު ޑައިވާޓް ކުރުމަށް،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެކި ދިމަދިމާއިން ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވަޒީފާއަށް ނުކުންނަ ދިވެހީންގެ އަދަދު އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި ދިވެހިން ވަޒީފާތަކަށް އަހުލުވެރިކުރުމަށް މިހާރުވެސް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަަށާއި ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ނުލިބޭ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.