ކޮވިޑް 19

ކޮވިޑް-19 : ޓެސްޓު ކުރި އިތުރު 52 މީހަކު ނެގެޓިވް ވެއްޖެ

އައިދާ އަބްދުލް ހަކީމް

މާލެ އާއި ވިލިމާލޭ އަދި އިތުރު ރަށްތަކުން ކޮވިޑް-19 އަށް ޓެސްޓު ކުރި އިތުރު 52 މީހުން ކޮވިޑް19 އަށް ނެގެޓިވް ވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަަޒީޒް ވިދާޅުވީ، ރިއުހޮޓެލް، ސ. ހިތަދޫ، ޅ.ހިންނަވަރު، ރ. ފައިނު، އއ. އުކުޅަސް، މާލެ އަދި ވިލިމާލެއިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ އެންމެން ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަަޒީޒް ވިދާޅުވީ، ރޭ 7:00 އިން މިއަދު 13:00 އާ ހަމައަށް ޓެސްޓު ކުރި 52 ސާމްޕަލެއްވެސް ކޮވިޑް19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެގޮތުން ޓެސްޓު ކުރި ތަންތަނުގެ ތެރެއިން ރިއުހޮޓެލް، ސ. ހިތަދޫ، ޅ.ހިންނަވަރު، ރ. ފައިނު، އއ. އުކުޅަސް، މާލެ އަދި ވިލިމާލެއިން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ އެންމެން ވެސް ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވި އިރު މިއަދު އެކެއް ޖެހުމާއި ހަމަޔަށް 502 މީހަކު ވަނީ ނެގެޓިވް ވެފައި ކަމަށެވެ. ބާކީ 15 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިއަދު ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް19ގެ އަލާމާތް އަށް ދިވެހިންނާއި ދެ ބިދޭސީއެއްގެ ގައިން ފެނިގެން މިހާރު އެރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ. ޕެރަޑައިސްގެ އިތުރުން ޝެވަލް ބްލެންކް އިން ބިދޭސީއެއްގެ ގައިން އަލާމާތްތަކެއް ހުރުމުން އެ ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.