ކޮވިޑް 19

ކޮވިޑް 19 އަށް ޝައްކު ކުރެވޭ 10 މީހުން ފެނި ޕެރެޑައިސް ރިސޯޓު މޮނިޓަރިންއަށް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އަށް ޝައްކު ކުރެވޭ 10 މީހަކު ފެނި ޕެރެޑައިސް އައިލެންޑް ރިސޯޓު މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

ކޮވިޑް19 އާ ގުޅޭގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކޮވިޑް19ގެ އަލާމާތްތަކެއް ހުރި އަށް ދިވެހިންނާއި ދެ ބިދޭސީއަކު ފެނިފައިވާ ކަމަށެވެ.

އެހެން ކަމުން އެ ރަށް މިހާރު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ. ޕެރަޑައިސްގެ އިތުރުން ޝެވަލް ބްލެންކް އިން ބިދޭސީއެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން އެ ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން މިހާތަނަށް 517 ސާމްޕަލް ނަގާފައި ވާއިރު އޭގެ ތެރެއިން 13 މީހަކު އެބައްޔަ ޕޮޒިޓިވް އިރު މިއަދުގެ އެކެއް ޖެހުމާއި ހަމައަށް 502 މީހަކު ވަނީ ނެގެޓިވް ވެފައި ކަމަށެވެ. ބާކީ 15 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރޭ 7:00 އިން މިއަދު 13:00 އާ ހަމައަށް ޓެސްޓު ކުރެވުން 52 ސާމްޕަލެއްވެސް ކޮވިޑް19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ.