މާލެ އަތޮޅު މާފުށީ ފަރުމައްޗަށް އަރާފައިއޮތް ބޯޓެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މާފުށީ ފަރަށް ބޯޓެއް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 9:45 އެހާކަށް ހާއިރު ކަމަށެވެ. ބޯޓް ފެނުނު އިރު އެބޯޓުގައި އެއްވެސް މީހަކު ނެތްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި ވަރަށް ގިނަ ދުވަހު ކަނޑުމަތީގައި އޮތުމުގެ ސަބަބުން ބޯޓުގެ އެތެރެ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، ބޯޓްގެ އިންޖީނުވެސް ނެތް ކަމަށް ބުނެފައިވެއެވެ.