ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން، ރައްޔިތުންނަށް ދަތި ނުވެ، މަހުގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑު(މިފްކޯ)އިން ބުނެފިއެވެ.
މިފްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މިދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާނެ މަހުގެ އުފެއްދުންތައް މެދުކެނޑުމެއް ނެތި މިފްކޯގެ ހުރިހައި ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.
މިފްކޯ އިން ބުނީ އެކުންފުނީގެ ފިހާރަތައް ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހު ހެނދުނު 08:30 އިން 12:00 އަށް، 13:00 އިން 15:00 އަށާއި މެންދުރުފަހު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:30 ކަމަށެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނި ގިނަ ކުންފުނި ތަކުން ވަނީ އެތަން ތަނުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް ބައެއް ހިދުމަތްތައް ދިނުން ވަގުތީގޮތުން ހުއްޓާލާފައެވެ. ދުނިޔޭގެ ގިނަ ގައުތަކުގައި ވެސް މިބަލި ފެރެމުން ދިއުމާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އެކަމުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ.