މައި ސްކައި ޔޮޓުން ކޮވިޑް 19ގެ އަލާމަތްތައް ފެނުނު ދެމީހަކު އެކަހެރިކޮށްފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ ޔޮޓުން ފެނުނު ދެ ބިދޭސީންގެ ސާމްޕަލް ނަގައި ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ޔޮޓުގައި ޖުމްލަ 10 މީހުން ތިބި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން މި ޔޮޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
މީގެ ކުރިން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއަކުން ދެ ބިދޭސީއަކު ވަނީ ކޮވިޑް 19 އަށް ޕޮސިޓިވް ވެފައެވެ. އެ ދެމީހުންނާއެކު ޖުމްލަ 13 މީހެއް ރާއްޖެއިން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ.