އަލީ ޔާމިން
ސްރީލަންކަން އެއާލައިންސްގެ ޕައިލެޓަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމުން އެ އެއާލައިންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ގޭގައި އެކަހެރިވުމަށް އަންގައިފިއެވެ.
ސްރީލަންކާގެ ސިއްހީ އިދާރާތަކުން މިހާރު އަންނަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި އެއާލައިންގެ ޕައިލެޓާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ ސްރީލަންކާއިން މިހާތަނަށް ކޮވިޑް 19އަށް 28 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެގައުމުން ކޮވިޑް 19އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ވަނީ ފަރުވާދީގެން ރަނގަޅުވެފައެވެ.
ސްރީލަންކާގައި ރާއްޖޭގެ 15،000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެއެވެ. ކޮވިޑް 19 ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެގައުމުން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފައެވެ. އަދި އެގައުމުގެ ހުރިހާ ސްކޫލެއް ވަނީ ބަންދުކޮށްފައެވެ.