އަލީ ޔާމިން
ފަތުރުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ކަނޑައަޅައިފިއެވެ.
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުން ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އުޅޭ އަދި ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށް މޫދަށް އެރި އުޅުމަށް "ޓޫރިސްޓް ބީޗު"ގެ ގޮތުގައި ބޭނުންކުރުމަށް ސަރަހައްދެއް ހޯދުމަށް އެ އެސޯސިއޭޝަނާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގެ ވެރިން ގުޅިގެން ކުރި މަސައްކަތުން އެކަމަށް ހާއްސަ ސަރަހައްދެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލޭ ފޭސް-2ގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުން ބައެއް ޓޫރިސްޓުން ބޭނުންކުރުމަށް ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމާފައިވާ ކަމުގައިވެސް ޖީއޭއެމްގެ ބަޔާނުގައިވެއެވެ.
ޖީއޭއެމްއިން ވަނީ ހުޅުމާލޭގައި ގާއިމް ކުރި ޓޫރިސްޓް ބީޗު ބޭނުންކުރުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.
ޖީއޭއެމްއިން ބުނީ އެއްގަމު މަގުން ޓޫރިސްޓު ބީޗު ސަރަހައްދަށް ފަތުރުވެރިން ގެންދިޔުމަށް ބޭނުންވާ ގެސްޓްހައުސްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން އެކަން ހަމަޖެހިގެން ދާނެކަމަށެވެ.