ކޮވިޑް 19

ޝެރެޓަން އައިލެންޑް ރިސޯޓުން ޓެސްޓް ކުރި ދެ މީހުން ނެގެޓިވް، ރަށް ހުޅުވާލައިފި

ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރެޓަން އައިލަންޑް ރިސޯޓު ނެގި ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިހެން ބުނީ ދާދި ދެންމެއަކު ކުރި ޓުވީޓެއްގަ އެވެ.

ރާއްޖޭގައި ކޮވިޑް 19އަށް އަލާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިއުމާއި ރަށްރަށަށް އެކްސްކާޝަންތަކަށް ދިިޔުން ވެސް އެޗްޕީއޭއިން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގެ ގެސްޓުހައުސްތަކަށް ފަތުރުވެރީން އައުން މަނާކޮށް، މީހުން އެއްވެ އުޅޭ ޕާކު ތަކާއި އެނޫން ތަންތަން ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް 13 މީހުން ފެނިފަ އެވެ. އެ އެންމެންނަކީ ބެސް ބޭރު މީހުންނެވެ.