އިބްރާހިމް ޒަކީ
އައިލެންޑް ސަފާރީން ޓެސްޓުކުރި ދެ މީހަކު ޕޮޒިޓިވް ވެ ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރައިފި އެވެ.
ކޮވިޑް 19އިގެ ހާލަތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އައިލެންޑް ސަފާރީން ޕޮޒިޓިވްވި ދެ މީހުންނަކީ ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން މީގެ ކުރިން އެކަހެރިކޮށް ޓެސްޓު ކުރި ދެމީހުން ކަމަށެވެ.
މަބްރޫކު ވިދާޅުވީ، އެ ސަފާރީ ދަތުރު ކުރަމުން ދިޔައީ ފުވަމުލަކު ސަރަހައްދުން ކަމަށާއި، ނަމަވެސް ދެން އެ ސަފާރީ ދަތުރު ކުރަމުންދާނީ ކްރިޓިކަލްކެއާ ލިބޭ ދިމާއަކަށް ކަމަށެވެ. އަދި އެ ސަފާރީ ދެން އޮންނާނީ އެފަދަ ރައްކާތެރިކަމެއް ލިބޭ ފަޅެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާރު ރާއްޖޭން ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު 13 އަށް އަރާފައިވާ ކަމަށެވެ.
އެއީ މުޅިން ބިދޭސީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.