މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުންގެ އެންމެ ފުރަތަމަ ލަފަޔަކީ ރީތިކޮށް އަތް ދޮވެ ސާފުތާހިރުކަމަށް ބެލުމެވެ.
މިވަގުތު ރާއްޖޭގައިވެސް މިބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު ފަރުދީ ޒިންމާ ވެސް މިކަމުގައި ބޮޑުކަން އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
ފާއިތުވި ދުވަސްތަކުގައި އަޑުއިވެމުން މި އަންނަނީ އަތް ދޮންނާނެ ރަނގަޅު ގޮތްތަކާއި ސައިބޯނި ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ރަނގަޅަށް ސާފު ކުރާނެ ގޮތްތަކެވެ.
ނަމަވެސް އެއް އަހަރު ނުފުރޭ ތުއްތު ކުދިން 20 ސިކުންތު ވަންދެން އެހުރިހާ ސްޓެޕެއް ބޭނުން ކޮށްގެން އަތްް ދޮށްވުމަކީ ފަސޭހަ ކަމަށް ނުވާނެއެވެ.
ތުއްތު ކުއްޖާގެ އަތްދޮވެ ސާފު ކުރާނެ ގޮތް ޑރ. އަބްދުﷲ ނިޔާފު މިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި ކިޔައިދެއްވާފައެވެ. އެގޮތުން ކުރެވިދާނެ ކަމަކީ:
ތުއްތުކުދިންނަކީ އެކިތަންތަނުގައި އަތްލުމަށްފަހު އަނގަޔަށް އަތްލާ ކުދިން ކަމުން އެކުދިންނަށް ހާއްސަ ސަމާލުކަމެއް މިދުވަސްވަރު ދިނުމަކީ މައިންބަފައިންވެސް އިސްކަން ދޭންވާނެ ކަމެކެވެ. ގޭތެރެ ޑިސްއިންފެކްޓްކޮށް ސާފުކޮށް ބެހެއްޓުންވެސް ވަރަށް މުހިންމެވެ.
ޑރ. ނިޔާފު ވިދާޅުވިގޮތުގައި ތުއްތު ކުދިންނަށް ރައްކާތެރިކަން ހޯދައިދޭން އެކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކުދިންނާ ގާތްކޮށް އުޅޭ ފަރާތްތައް، އެފަރާތްތަކުގެ އަމިއްލަ އަތް ސާފުކުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭނެ އެވެ.
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު ރާއްޖެއިން މިހާތަނަށް ޕޮސިޓިވް ވި 10 މީހުންނަކީ ވެސް ބިދޭސީންނެވެ.