ކޮވިޑް 19

ކޮވިޑް 19 : 100 މީހުންނަށް ފަރުވާ ދެވޭގޮތަށް ވިލިވަރު ތަރައްގީ ކުރަނީ

އިބްރާހިމް ޒަކީ

ކޮވިޑް19 އާއި ގުޅިގެން ފަރުވާ ދޭ ހާއްސަ ރަށެއްގެ ގޮތުގައި، 100 މީހުންނަށް ފަރުވާ ދެވޭ ގޮތަށް ވިލިވަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ވިލިވަރުގެ ފެސިލިޓީ އިތުރުކޮށް، ފޭސްޓޫއަކަށް ދާން މިހާރު ނިންމާފައިވާ ކަމަށެވެ.

މިހާރު 2.1 މިލިއަން ހަރަދުކޮށްގެން ވިލިވަރުގައި ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީގެ ޖާގައަކީ 30 އެނދެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ވިލިވަރު ފޭސްދޭކުގެ މަސައްކަތް މާދަމާ ފަށާއިރު، ފޭސް ދޭއް ނިމުމުން އެއަަދަދު 100 އެނދަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެވޭގޮތަށް ފެސިލިޓީ ގާއިމް ކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަޓީގެ ފަރާތުން އެކަމުގައި އެހީތެވިވުމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ރަށަކީ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހަށް ލިބިފައިވާ ރަށެއް ކަމަށެވެ.

ނަމަވެސް ޖަނާހުގެ އެއްބަސްވުމާއެކު، އެ ރަށް ހަމަސްދުވަހަށް ސަރުކާރަށް ނެގީކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.

އަދި އެކަމަށް ރައްދިނުމަށްޓަކައި ޖާނާގުގެ މީހުންނާއި ވަސީލަތްތައް ރަށުން ބާލައި، އިތުރު އަގަކާ ނުލައި އެރަށް ސަރުކާރަށް ހަދިޔާ ކޮށްދެއްވި ކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މުހައްމަދު އަލީ ޖަނާހަށް ޝުކުރު ދަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަލީވަހީދު ވިދާޅުވީ، ޓޫރިޒަމް މިިނިސްޓްރީން ރާއްޖެ ގެންނަ އިންހައުސް ޑޮޓަރުންނާއި ނަރުހުން އެތަންތާ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.