މާލެއިން ފުރައިގެން މާލެ އަތޮޅު ކުޑަވިލިގިއްޔަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކުޑަވިލިނގިއްޔަށް ދަތުރުކުރި ދޯންޏެއް ކަނޑުއޮތްގިރި ކައިރީ އޮންނަ ފަރަކަށް އެރުމާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެމްއެންޑިއެފުން ބުނީ އެހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:55 އެހާކަށް ހާއިރު ކަމަށެވެ. އަދި އެމައުލޫމާތު ލިބުމާއެކު ދޯންޏަށް އެހީތެރިކަން ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުންޏެވެ.
އަދި އެހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި، ދެ ބިދޭސީން ތިބި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މިއަދު މޫސުން ގޯސްވުމާ ގުޅިގެން ބައެއް ސަރަހައްދުތަކަށް ވަނީ އެލާޓް ނެރެފައެވެ.