ކޮވިޑް 19

އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފި

އައިދާ އަބްދުލް ހަކީމް

ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ކޮވިޑް-19 އާ ގުޅިގެން އެމްޑަބްލިއުއެސްސީއަށް ބިލްތައް ދައްކަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބިލްތައް ދައްކަން އިލްތިމާސްކޮށްފި އެވެ.

އެމްޑަބްލިއުއެސްސީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކުންފުނީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާވަރު ބެލޭނެ ކަމަށާއި ކިއުގައި މަޑުނުކޮށް ކޮންމެ ތަނެއްގައި ވެސް ހުރެގެން ބިލް ދެއްކޭނެކަމަށެވެ.

މީގެ އިތުރުން އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަތަށް އެދި ފޯމު ހުށަހެޅުމާއި ގޭގައި ތިބެގެން ސްޓޭޓަސް ބެލޭނެކަަމަށްވެސް އެބަޔާނުގައިވެއެވެ.

ހިދުމަތްތަކާ ގުޅޭޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާ ނަމަ، 24 ގަޑިއިރު ގުޅޭ ކަސްޓަމާކެއާ ސެންޓަރު ނަންބަރު: 105 އަށް ގުޅޭނެކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ. .

އެމްޑަބްލިއުއެސްސީ ބުނީ މިދަނޑިވަޅު ކުންފުނީގެ އޮންލައިން ވަސީލަތްތައް ބޭނުންކޮށް ރައްކާތެރިވުމަށް އިލްތިމާސްކުރާކަމަށެވެ.