އެނބޫދޫ ފަރުމައްޗަށް މަސް ހިފަން ފީނި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އެމީހާ ފެނިފައިވަނީ އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން، އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވް ކޮށްގެން ބަލަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތުދެއެވެ.
މައުލޫމާތު ލިބިފައިވާ ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ސިފައިންގެ އޮފިސަރެއް ކަމަށްވާ ގދ. ހޯޑެއްދޫ/ ބާޑީގެ، ސްޓާފް ސާޖަންޓް ޔައުގޫބު އަހުމަދު، 34 އ. އެވެ.
އެމްއެންޑީއެފުން ބުނީ، އޭނާ މަސް ހިފަން ފީނަން ދިޔައީ އޮފް ދުވަސް ކަމަށް ވުމުން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ 20 މީޓަރު އަޑިން ކަމަށް މައުލޫމާތުދެއެވެ.