އަލީ ޔާމިން
ދަތި ނުވާ ވަރަށް ރާއްޖޭގައި ކާޑު އެބަހުރި ކަމަށާއި ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށް ކޮވިޑް 19 މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދާދި ދެންމެ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ރައްކާ ކޮށްފައި އެބަހުރި ކަމަށާއި ކާޑަށް ދަތި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ކާޑު ފޯރުކޮށްދިނުމުގެ ރަނގަޅު ޕްލޭނެއް އެސްޓީއޯގެ އެބަ އޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައްޔިތުން ހާސްނުވެ އާންމު ހާލަތުގައި ކާޑު ބޭނުން ކުރާ އުސޫލުން ބޭނުން ކުރަމުން އައުމުން ރަނގަޅުވާނެ ކަމަށާއި މައްސަަލައަކަށް ވަނީ، ބޭނުން ނުވާ ވަރަށް ކާޑުގެ ބާވަތްތައް ގަތުމުން ކަމަށެވެ.
މަބްރޫކްގެ އިތުރުން އެސްޓީއޯއިންވެސް މީގެ ކުރިން ވަނީ ރާއްޖެއަށް ބޭނުންވާ ކާޑު އެބަހުރި ކަމުގެ ޔަގީންކަން ދިވެހިންނަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ދެއްވާފަ އެވެ.