ކޮވިޑް 19

ބަނގްލަދޭޝުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

އަލީ ޔާމިން

1

ބަންގްލަދޭޝުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން މިއަދު ނެރުނު އެއާ ޓްރާންސްޕޯޓް ސާކިޔުލާއެއްގައި ބުނީ މާދަމާއިން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ބަންގްލަދޭޝުން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން އެގައުމުން ރާއްޖެ އަންނަ ދިިވެހިންނާއި، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް ސީއޭއޭގެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ބަންގްލަދޭޝުން ރާއްޖެއަށް މީހުން އެތެރެވުން މަނާކުރިއިރު އެގައުމުން އިއްޔެ ވަނީ ކޮޑިވް 19 ފެނިފައެވެ.

ކޮވިޑް-19ގެ ހަތަރު ކޭހެއް ރާއްޖެއިންވެސް ވަނީ ފެނިފަ އެވެ. އެއީ ކުރެއްދޫ މޯލްޑިވްސް އިން ޕޮޒިޓިވްވި ދެމީހުންނާއި ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނެވެ.

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ އިތުރުން ޗައިނާ އާއި އިޓަލީ އަދި ސައުތު ކޮރެއާގެ ހަތަރު ސަރަހައްދަކުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟