ކުއްލި ޚަބަރު

ދެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ މެމްބަރުން އެޕާޓީން ވަކިކުރަން ނިންމައިފި

1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އަމިއްލައަށް ވާދަކުރާ އެމްޑީޕީގެ މެމްބަރުން އެޕާޓީން ވަކިކުރަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައިހުރެ އެ އިންތިހާބުތަކުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދު ނިންމައިފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށް ފަހުގައި ކަމުގައި ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކެންޑިޑޭޓުންގެ ތެރެއިން މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން 876 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟