މިނިސްޓަރު ޒަހާ ވަހީދު

އެން ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށް މާނާގަލާގައި އެން އާލާކުރަނީ

އިބްރާހިމް ޒަކީ

1

މަސްވެރިކަން ދިރުވާ އާލާ ކުރުމުގެ ގޮތުން، ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކުގެ ދަށުން، ރާއްޖޭގެ މަސްވެރިންނަށް އެން ހޯދަން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށްޓަކައި ގއ. މާނާގަލާގައި އެން އާލާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، އެކުއާ ކަލްޗާ ގާއިމް ކުރުމަށްޓަކައި، ގއ. މާނާގަލާގައި މަލްޓިސްޕީޝީޒް ހެޗަރީއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

އެ ހެޗަރީގައި ރާއްޖެއަށް ބޭނުންވާ އަދި ބޭރުގެ ބާޒާރުތަކުގައި ޑިމާންޑު އޮތް ކަނޑުގެ ދިރުންތައް އާލާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މި ހެޗަރީގައި އެމުގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތްތަކާއި، ކޮމާޝަލް ސްކޭލުގައި ކަލްޗާ ކުރެވިދާނެ އެމުގެ ބާވަތްތައް އާލާ ކުރަން ވަނީ ޕްލޭން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިހާރު އެންވެރިކަން ކުރާ ސަރަހައްދުތައް މަސްވެރިންނަށް ބޭނުންކުރެވޭނެހެން ރައްކާތެރި ސަރަހައްދުތަކަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟