ޗައިނާއިން ރާއްޖެ އައި ދެ ދިވެއްސަކު ކަރަންޓީން ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކަރަންޓީން ކުރި ދެމީހުންގެ ގައިން ވެސް ކޮރޯނާވައިރަހުގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެމީހުން ކަރަންޓީން ކުރީ، ޕްރޮޓޮކޯލްއަށް އަމަލުކުރުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ޗައިނާއިން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުމަށް ހުއްދަ ދިން ނަމަވެސް، އެމީހުން 14 ދުވަސް ވަންދެން ކަރަންޓީން ކޮށްފައި ބައިތިއްބަން ޖެހޭނެ ކަމަށް ޕްރޮޓޮކޯލްގައި ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ލިބޭ އިތުރު މައުލޫމާތުތައް ވަގުތުން ވަގުތަށް ރައްޔިތުންނަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.