އާސަންދަ

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް އާސަންދައިން ބޭސްފަރުވާ ކުރެވޭ ގޮތް ހަމަޖައްސައިފި

މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް އެއްވެސް ހުރަހެއް ނެތި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާ ފަރާތުން ހުށަހަޅައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ ޚިދުމަތް ހޯދާ ފަރާތުގެ ކާޑުކަން ކަށަވަރުކުރުމަށްފަހު ޚިދުމަތް ދިނުމަށް އަންގާފައިވާނެ ކަމަށެވެ.

އަދި އެބަދަލާއެކު އައިޑީ ކާޑުގެ މުއްދަތު ހަމަވިނަމަވެސް، އެއްވެސް ހުރަހެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އައިޑީކާޑު ބޭނުންކޮށްގެން އާސަންދައިން ބޭސްފަރުވާ ކުރެވޭ އުސޫލަށް ބަދަލު ގެނެސްފައިވާއިރު، މީގެކުރިން އާސަންދައިން ބޭސްފަރުވާ ކުރެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑު ބޭނުންކޮށްގެނެވެ.

މިބަދަލައި ގުޅިގެން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެއެވެ.