ސިޔާސީ

އެމްޑީޕީން ކައުންސިލު ކެމްޕޭން ރަސްމީކޮށް ފަށަން މާދަމާ ބާއްވާ ހަރަކާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ

އައިދާ އަބްދުލް ހަކީމް

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައިވާ ޖަލްސާ "ރަށްވެހި ފަތިސް" ހުޅުވުމުގެ ޖަލްސާގައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ކެމްޕެއިން އިފްތިތާހު ކުރާ ޖަލްސާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މާލޭގައި މިޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކާނިވާ ސަރަހައްދުގައި މާދަމާރޭ 21:45ގައި ކަމަށެވެ.

އެމްޑީޕީން ވަނީ މިމަހުގެ 15 ވަނަ ދުވަހު މުޅި ރާއްޖޭގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.