ކުއްލި ޚަބަރު

ހައިވޭމަތިން ކަހާލައިގެން ވެއްޓި މީހެއްގެ ފުއްކިބަ ފަޅައިގެން ގޮސް، ބޮޑެތި އަނިޔާތަކެއް ވެއްޖެ

އަލީ ޔާމިން

1

ހައިވޭ މަތިން ކަހާލައިގެން ވެއްޓި މީހެއްގެ ފުއްކިބަ ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ސައިކަލެއްގައި ދާން ދިޔަ މީހަކު ހައިވޭމަތިން ކަހާލައިގެން ވެއްޓި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތެއް ލިބުނީ މިއަދު ހަވީރު 15:40 އެހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، އަނގައިން ލޭ އަންނަ ކަމަށާއި އޭނާގެ ހަޑިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާއަށް އޭޑީކޭގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ އެކްސިޑެންޓްވި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟