ކުއްލި ޚަބަރު

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އައިސީޔޫގައި ފަރުވާ ދެނީ

އަލީ ޔާމިން

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ހޭނެތިއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 15:30 ހާއިރު، ދަރުބާރުގެއާއި މޫންލައިޓް ހިނގުން ގުޅުނު ކަންމަތިން ސައިކަލެއްގައި ދުއްވާފައިދިޔަ މީހަކު ކަހާލައިގެން ވެއްޓިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައިރު ހޭނާރާ ކަމަށާއި މިހާރު އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށާއި އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.