މެލޭޝިއާ މަގުން އިންޑޮނޭޝިއާ އަށް ދިޔަ ހަތަރު ދިވެއްސަކު ހައްޔަރު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހަތަރު ދިވެހީން އިންޑޮނޭޝިއާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މީހުން ހައްޔަރުކުރީ އިންޑޮނޭޝިއާއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހައްޔަރު ކުރީ 46 އަހަރުގެ މީހަކާއި، 39 އަހަރުގެ މީހަކާއި، 36 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހެއް ކަމަށެވެ.
އެ ހަތަރު މީހުންވެސް އިއްޔެގެ ވަގުތެއި އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.