ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ހުދުމުހުތާރުވެރިކަމަކަށް މިސްރާބު ޖަހާނެ ކަމަށް ރ. މައްޑުވަރީ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމްޑިޕީން ކައުންސިލް އިންތިހާބުގެ ޕޯސްޓަރު ހިއްޕެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވާ ފޮޓޯ އަކާއި އެކު، ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ވެފައިވާ ގިނަ ވައުދުތައް ނުފުއްދޭ ކަމަށެވެ. އަދި ފެނިގެންދަނީ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ދާތަން ކަމަށާއި އެހެންކަމުން ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑެޓުންނަށް ވޯޓު ދީފިނަމަ މި ރާއްޖޭގައި ހުދުމުހުތާރުވެރިކަމެއް ކުރުމުގެ ފުރުސަތު ބޮޑުކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
"ގިނަ ވައުދުތައް ނުފުދި، މިނިމަމް ވޭޖު ކަނޑަނޭޅި ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް، ބައެއް ސަބްޖެކްޓުތައް ހުއްޓާލައި، ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެނޭ، ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ދީފި ނަމަ ހުދު މުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާނެކަން ދަންނާނެ." އާދަމް ޝަރީފްގެ ވިދާޅުވިއެވެ.