ކުއްލި ޚަބަރު

ސްނޯކަލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

އަލީ ޔާމިން

ސްނޯކަލިންއަށް ދިޔަ ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އއ. މަޑިވަރު ބޭރުގައި ސްނޯކަލިންއަށް ދިޔަ 23 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެގެން ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަަށް ގެންގޮސްފައިވާކަމުގެ މައުލޫމާތެއް މިއަދު ހަވީރު 17:30 ހާއިރު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ ރ. މީދޫ/ ދެރަހަ، އަބްދުﷲ އަޒްވާން ނަމަކަށް ކިޔާ ޒުވާނެކެވެ.

ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.