ހޮލީވުޑް

އޮސްކާ 2020: ބެސްޓް ޕިކްޗާ އެވޯޑާއެކު ޕެރަސައިޓް ތާރީހުގެ ތެރެއަށް

ފިލްމު "ޕެރެސައިޓް" އަށް އޮސްކާގެ ބެސްޓް ޕިކްޗާ އެވޯޑު ލިބިއްޖެއެވެ.

ރޭ ބޭއްވި އޮސްކާ 2020 ހަފުލާގައި ޕެރެސައިޓް ފިލްމަށް އެންމެ މަގުބޫލު ފިލްމުގެ އެވޯޑު ލިބިފައި މިވަނީ ހޮލީވުޑްގ ގިނަ ފިލްމުތަކަކާ ވާދަކޮށްގެންނެވެ.

މިއީ އެހެން ގައުމެއްގެ ފިލްމަކަށް އޮސްކާގެ ބެސްޓް ޕިކްޗާ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. ޕެރެސައިޓަކީ ސައުތު ކޮރެއާގެ ބިރުވެރި ފިލްމެކެވެ. މި ފިލްމަށް ވަނީ ބެސްޓް ޑައިރެކްޓަރު އެވޯޑުވެސް ލިބިފައެވެ.

ފިލްމަށް ލިބުނު އެވޯޑު އުފުލާލުމަށްފަހު ފިލްމުގެ ޕްރޮޑިއުސަރު ކުވަކް ސިން އައެ ބުނީ މިއީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. މިއީ ސައުތު ކޮރެއާގެ ފިލްމަކަށް ހޮލީވުޑްގެ މިހާ މަތީ ވަނައެއް ލިބުނު ފުރަތަމަ ފަހަރެވެ.

ރޭގެ ހަފުލާގައި ޕެރެސައިޓަށް ވަނީ ބެސްޓް ސިނެމަޓޯގްރަފީވެސް ލިބިފައެވެ.