ހޮލީވުޑްގެ މަގުބޫލު ބަތަލު ބްރޭޑް ޕިޓްއަށް އެކްޓިން ދާއިރާއިން ފުރަތަމަ އޮސްކާ އެވޯޑު ލިބިއްޖެއެވެ.
ރޭ ބާއްވާފައިވާ އޮސްކާ އެވޯޑު ހަފްލާގައި ބްރޭޑް ޕިޓްއަށް އެވޯޑު ލިބިފައިވަނީ ސަޕޯޓިން އެކްޓަރުގެ ކެޓަގަރީންނެވެ. ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"ގައި ބްރޭޑް ޕިޓްގެ ރޯލު "ކުވެންޓިން ޓަރަންޓީނޯ"އަށް ލިބުނު މި އެވޯޑާއެކު ބްރޭޑް ވަނީ ފިލްމުގެ ބައިވެރިންނާއި އޭނާގެ ދަރިންނަށް ޝުކުރު އަދާކޮށްފައެވެ.
"މި އެވޯޑަކީ އަހަރެންގެ ދަރިންނަށް ހޯދައިދިން އެއްޗެއް. އެއީ އަހަރެން ކުރާ ހުރިހާ ކަމެއްގައި ކުލަ ޖައްސައިދޭ ބައިވެރިން. ވަރަށް ލޯބިވޭ" އެވޯޑު އުފުލައިލުމަށްފަހު ދިން މެސެޖުގައި ބްރޭޑް ބުންޏެވެ.
މިއީ އެކްޓިންގެ ދާއިރާއިން ބްރޭޑްއަށް ލިބުނު ފުރަތަމަ އޮސްކާ ނަމަވެސް 2014 ގައި ބްރޭޑަށް ވަނީ "12 އިޔާސް އަ ސްލޭވް" ޕްރޮޑިއުސްކޮށްގެން ބެސްޓް ޕިކްޗާ އެވޯޑު ލިބިފައެވެ.