މިނިސްޓަރު ޒަހާ ވަހީދު

މިޔަރު މަސްވެރިކަމަށް ހުޅުވާލުމަށް ގިނަ މަޝްވަރާތަކެއް ކުރަންޖެހޭ: ފިޝަރީޒް މިނިސްޓަރު

އިބްރާހިމް ޒަކީ

2

ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް އެދި އެކި ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށާއި، ނަމަވެސް މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް މުހިއްމު ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަސްވެރިންނަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައި އެކަން މަސްވެރިން ނަންގަވާއިރު، މިޔަރުގެ މަސްވެރިން ރާއްޖޭގައި މަނާ ކުރީ، ތިމާވެއްޓާއި ތަބީއީގޮތުން މިޔަރު އުފެދި ބޮޑުވުގައި ގިނަ ދުވަސް ނެގުމާއި، މަދުން ދަރިމައިވާ ބާވަތަކަށްވާތީ ކަމަށެވެ.

އަދި މިޔަރުގެ މިހާރުގެ ހާލަތު ބަލާފައިނުވާ ކަމަށާއި، މިހާރުގެ ހާލަތު ބެލުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އިލެކްޓްރޯނިކް ލޮގްފޮތް ތައާރަފް ކޮށްފައިވާނެ ކަމަށާއި، އެއަށް ރިޕޯޓް ކުރަމުން ދިއުމުން މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެފަދަ ކަމަކަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ފުޅާ ދާއިރާއެއްގެ މަޝްވަރާތަކެއް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިޔަރުގެ މަސްވެރިކަމަށް ހުޅުވައިލެވޭނީ ތަފާސް ހިސާބުތަކަށް ބަލައި، ބަލައިަ ތިމާވެށީގެ ގޮތުން ރާއްޖެއަށް ދިމާވެދާނެ ކަންތައްތަކަށް ބަލާފައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟