ސިޔާސީ

އެހެން ޕާޓީތަކުން ދުރާލައި އެމްޑީޕީއަށް މީހުން ވައްދައިގެން ވޯޓަކަށް ދިޔައީމަ ނިމޭއިރު ހެދޭ ގޯސް މާ ބޮޑު: ޝިފާ

އެހެން ޕާޓީތަކުން ދުރާލައި އެމްޑީޕީއަށް މީހުން ވައްދައިގެން ވޯޓަކަށް ދިޔައީމަ ނިމޭއިރު ހެދޭ ގޯސް މާ ބޮޑުކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީ އެތެރޭގެ އިންތިހާބުތަކުގައި އިންސާފުވެރިކަމާއެކު ކަންކުރުމުން މެންބަރުންގެ ތެރޭގައި އިތުބާރު ބޮޑުވެގެން ދާނެކަމަށެވެ. އަދި އިންތިހާބާ ދިމާކޮށް ދުރާލާ ރާވައިގެން އެހެން ޕާޓީކުގެ މެމްބަރުން ވެއްދުންމުން ޕާޓީއަށް ފަހުން ލިބޭ ގެއްލުން ބޮޑުވގެންދާނެކަމަށެވ.

"އެމްޑީޕީ އެތެރޭގެ އިންތިހާބުތައް އިންސާފުވެރިކަމާއެކު ގެންދިއުމަކީ ބޭނުންތެރިކަމެއް. މެންބަރުންގެ އިތުބާރު އިތުރުވާނެ ކަމެއް. ޕާޓީއަށް އެހެން ޕާޓީތަކުން ދުރާލާ މީހުން ވައްދައިގެން ވޯޓަކަށް ދިޔައީމަ ނިމޭއިރު ހެދޭ ގޯސް މާ ބޮޑު،" ޝިފާގެ ވިދާޅުވިއެވެ

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީން ބޭއްވި އެތެރޭ ޕްރައިމަރީ މިދިޔަ ހަފުތާގައި ބާއްވާފައި ވާއިރު މިހާރު، އެ އިންތިހާބުން ޝިފާ ވަނީ ނާކާމިޔާބު ވެވަޑައިގެންފަ އެވެ. އޭގެ ފަހުން ޝިފާ ވަނީ އިންތިހާބުގެ ސައްހަކަމާ މެދު ވެސް ސުވާލު އުފައްދާފަ އެވެ.