މެދުއުތުރު ރަށެއްގައި ދެ ދަރިންނަށް އެކުދިންގެ ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 55 އަހަރުގެ ދިވެހި ފިރިހެނެއް އޭނާގެ ދެ ދޮންދަރިންނާމެދު ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަނިޔާ ލިބިފައިވަނީ 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމުން، ކުޑަކުދިންގެ ވަނަވަރުތައް ރައްކާތެރިކުރުމަށްޓަކައި އެފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.