ކުއްލި ޚަބަރު

ސްނޯކަލިންއަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ

އަލީ ޔާމިން

ކުރަމަތި ރިސޯޓް އެންޑް ސްޕާ އިން ސްނޯކަލިންއަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މަރުވެފައިވަނީ 71 އަހަރުގެ ސްޕެއިން ފިރިހެނެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 17:00 ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ދަނީ އެ ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ކުރަމަތި ރިސޯޓުގައި ފަތުރުވެރިއަކު މަރުވެފައިވާއިރު، މިދިޔަ ހަފްތާގައި ވަނީ ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް ރިސޯޓުގައި ޗައިނާ ފަތުރުވެރިޔަ ކުވެސް ގެނބިގެން މަރުވެފައެވެ.