ކޮވިޑް 19

ޗައިނާގައި 48 ގަޑިއިރު ތެރޭ ކޮރޯނާ ވައިރަސްއަށް ތައްޔާރުކުރި ހޮސްޕިޓަލް ހުޅުވައިފި

މުހައްމަދު އައުޒަމް

6

ޗައިނާގައި ކޮރޯނާ ވައިރަސް އަށް ހާއްސަކޮށް ތައްޔާރުކުރި ހޮސްޕިޓަލް ހުޅުވައިފިއެވެ.

ޗައިނާގެ ހުއަންގަން ސިޓީގައި ހުޅުވި މި ހޮސްޕިޓަލަކީ ހުސްކޮށް ހުރި އިމާރާތެއްގައި ހެދި ހޮސްޕިޓަލެކެވެ. އެކި ދާއިރާތަކުގެ 500 މަސައްކަތު މީހުންނާއި ވޮލިންޓިއަރުންގެ މަސައްކަތުން 1000 އެނދުގެ މިހޮސްޕިޓަލު ހަދާފައި ވަނީ އެންމެ ދެދުވަހުގެ މަސައްކަތުންނެވެ.

ކޮރޯނާ ވައިރަސް އަށް ހާއްސަކޮށްގެން ހުޅުވި މިހޮސްޕިޓަލަކީ ހުއަންގަންގް ސެންޓްރަލް ހޮސްޕިޓަލް ނަމުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުޅުވި ހޮސްޕިޓަލެކެވެ. ހުއަންގަންގް ސެންޓްރަލް ހޮސްޕިޓަލް ހުޅުވުމަށް ނިންމާފައިވަނީ އަންނަ މޭމަހުގައެވެ.

ޗައިނާގެ އޮފިޝަލުން ވަނީ ކޮރޯނާ ވައިރަސް އަށް ހާއްސަކޮށް މި ހުޅުވި ހޮސްޕިޓަލުގައި ފަރުވާދިނުމަށް ހަމަޖައްސާފައިވަނީ ހަމައެކަނި މިވައިރަސް ފެނިފައިވާ ބަލިމީހުންނަށް އެކަނިކަމަށް ބުނެފައެވެ.

ކޮރޯނާ ވައިރަސް އަށް ހާއްސަކޮށް ހުޅުވި މިހޮސްޕިޓާ ހުންނަނީ ވުހާން ސިޓީއާއި 75 ކިލޯމީޓަރު ދުރުގައެވެ.

ކޮރޯނާ ވައިރަސް ޖެހި 131 މީހުން މިހާތަނަށް މަރުވެފައި ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 6000 އަށްވުރެ ގިނަ މީހުންނަށް މިވައިރަސްގެ އަސަރުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟