ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު މިއަދުގެ ބައްދަލުވުމަށް 18 މައްސަލައެއް ތަވަލުކުރެވި، އޭގެ ތެރެއިން ހަތަރު މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލެވުނު ކަމަށެވެ.
ސުލޫކީ މައްސަލަ ބަލަން ނިންމި ފަނޑިޔާރުން:
ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް އިސްގާޒީ އަބްދުﷲގެ މައްސަލައެއް ބަލަން ނިންމައި ތަހުގީގު ކޮމިޓީއެއް އެކުލަވާލިއެވެ.
އެފަހަރު އިސްގާޒީ އަބްދުﷲގެ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގެންނެވީ
- ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
- ކޮމިޝަންގެ މެންބަރު އަބްދުއްރައޫފް އިބްރާހިމް
- ކޮމިޝަންގެ މެންބަރު އިބްރާހީމް ރިފްއަތު