ކުއްލި ޚަބަރު

ލަންކާއަށް އެތެރެވި ޗައިނާ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ލަންކާގައި އެޑްމިޓްކޮށްފައި އޮތް ޗައިނާ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ އެ ވައިރަސް ޖެހިފައިވާ މީހަކު ލަންކާއިން ފެނުނު ފުރަތަމަ ފަހަރެވެ.

ލަންކާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ވައިރަސްއަށް ޕޮޒިޓިވް ވެފައިވަނީ ޗައިނާގެ ހުބޭ ޕްރޮވިންސް އިން އެގައުމަށް އެތެރެވި އުމުރުން 43 އަހަރުގެ އަންހެނެކެވެ.

އޭނާ ވަނީ މީގެ ދުވަސްތަކެއް ކުރިން އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލް (އައިޑީއެޗް)ގައި އެޑްމިޓް ކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އަދި އެ ބަލި މީހާއަށް ފަރުވާ ދެމުންދަނީ ހާއްސަ ޓީމަކުން ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.