ކުއްލި ޚަބަރު

އެން ހިފަން މޫދަށް އެރި އުޅުނު މަސްވެރިއެއްގެ ކަރަށް ތޮޅިއެއްގެ ތުން ހެރިއްޖެ

މަރިޔަމް ޝަހުދާ

3

އެން ހިފަން މޫދަށް އެރި އުޅުނު މަސްވެރިއެއްގެ ކަރަށް ތޮޅިއެއްގެ ތުން ހެރިއްޖެ އެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތޮޅީގެ ތުން ކަރަށް ހެރުމުގެ ސަބަބުން ޒަހަމް ވެފައިވަނީ ލ.ގަން "ނިއުމަތް" ދޯނީގެ މަސްވެރިއެކެވެ. އެމީހާގެ ކަރަށް ތޮޅިއެއްގެ ތުން ހެރިފައި ވަނީ ވ. އަތޮޅުގައި އެން ދަމަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ޒަހަމް ވެފައިވަނީ ލ. ގަން، އެވޯޑު، 47 އަހަރުގެ އާދަމް ނަސީރަށެވެ. އޭނާ މާލެ ގެނައީ ވ. އަތޮޅު ހޮސްޕިޓަލުން ކަމަށް މައުލޫމާތު ލިބެ އެވެ.

ނަސީރުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ވަން އަށް އެނގިފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟