ރ. މަޑުއްވަރީން ވެލިގަން ދިޔަ ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ވެލިނަގަން ގޮސް އުޅުނު 52 އަހަރުގެ ދިވެހި ފިރިހެނަކު މަޑުއްވަރީ ހެލްތު ސެންޓަރަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:12 އެހާކަންހާއިރު ލިބުނު ކަމަށެވެ.
ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ ސެންޓަރަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށާއި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
ނަމަވެސް އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.