ކުއްލި ޚަބަރު

އެޗްއާރުސީއެމުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަސްއޫލިއްޔަތުން ދުރުކޮށްފި

އިބްރާހިމް ޒަކީ

1

ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ އެކަން "ވަން އޮންލައިން"އަށް ކަށަވަރު ކޮށްދީފައެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، ހިޔާގެ ސިއީއޯ މަގާމުގެ މަސްއޫލިއްޔަތުން ދުރު ކުރީ، އެޗްއާރުސީއެމުން ބަލަމުން އަންނަ މައްސަލަ އަކާ ގުޅިގެން އެތަނުގެ އެންގުމަކަށް ކަމަށެވެ.

ނަމަވެސް އެޗްއާރުސީއެމުން ބަލަމުން އަންނަނީ ކޮން މައްސަލައެއްކަން ޖެންޑާ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟