އެމްއެންޑީއެފް

ކަނޑުވެފައި ތިބި ބަޔަކު ސަލާމަތް ކޮށްފި

މަރިޔަމް ޝަހުދާ

ކ. އިތާފުށި ކައިރިން ކަނޑުވެފައި ތިބި ބަޔަކު ސަލާމަތް ކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުވެފައި ތިބީ ހަތަރު މީހުން ކަމަށެވެ. އަދި އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމީހުން އެސަރަހައްދުން ދަތުރުކުރި ޑައިވިންގް ދޯންޏަކަށް ފެނިގެން އެ ދޯންޏަށް ނަގާފައިވާ ކަމަށާއި އެމީހުން ދަތުރުކުރީ 40 ފޫޓުގެ ކުޑަ ދޯންޏެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ދޯނި އަޑިއަށް ގޮސްފައިވަނީ އިތާފުށި ކައިރިއަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 10:25ގައެވެ.