ކަނޑުމަތީގެ ހާދިސާތައް

މެދުފުށި ރިސޯޓު ކައިރިން ބަންޑުން ޖެހިފައިވާ ލަންކާގެ ބޯޓެއް ފެނިއްޖެ

މަރިޔަމް ޝަހުދާ

މ އަތޮޅު މެދުފުށި ރިސޯޓު ކައިރިން ބަންޑުން ޖެހިފައިވާ ލަންކާގެ މަސް ބޯޓެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ މި ބޯޓު ފެނިފައިވަނީ މެދުފުށި ރިސޯޓުގެ ފުއްޓަރު ފަރާތު ބޭރުން ކަމަށެވެ. އަދި މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 13:00ގައި ކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް އެ ސަރަހައްދުން އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު މިބޯޓު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި ބޯޓަކީ ސްރީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމްއެންޑީއެފުން ވެސް ވަނީ މިއަދު 13:30 ހާއިރު މިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެމްއެންޑީއެފްފެ ސެންޓްރަލް އޭރިއާގެ ކޯސްޓް ގާޑުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.