ނ. އަތޮޅުގައި އޮންނަ ނޮކު މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލެއް ލައްްގާފައިވާ ކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، މިއަދު 12:55 އެހާކަންހާއިރު ނޮކު މޯލްޑިވްސް ރިސޯޓު ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު 2:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ ރިސޯޓަށް ގޮސްފައެވެ.
ފުލުހުން ހިއްސާ ކޮށްފައިވާ ފޮޓޯ އިން ފެންނަނީ ކަތުރުކަށިގަނޑުގެ ފޮޓޯއެކެވެ. އަދި އެކަށިގަނޑުގައި ދަތްތައް ވެސް ހަރުވެފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ ބޮޑު މީހެއްގެ ބޮލެއްގެ ކަށިގަނޑެވެ.