ސިޔާސީ

ވާދަވެރީން ކައުންސިލު އިންތިހާބު ދޭން އެ ވިދާޅުވަނީ ކީއްކުރަން ކަމެއް ނޭނގެ: ރައީސް

ވާދަވެރި ބޭފުޅުން ކައުންސިލް އިންތިހާބު އެބޭފުޅުންނަށް ދެއްވަން އެވިދާޅުވަނީ ކީއްކުރަން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، "އެޖެންޑާ 19 ރަށަށް" ގެ ދަށުން، ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ހަގީގަތުގައި ކައުންސިލުގެ ދައުރަކަށް މި ވަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވެ އެކަންތަައްތައް ތަންފީޒު ކުރުން ކަމަށާއި އެކަން ކުރެވޭނީ ސަރުކާރުން ވީ ވައުދުތައް، ގަބޫލުކުރާ އެކަމުގެ ވިސްނުން ހުރި ފަރާތްތަކަކަށް ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ވީ ވައުދުތައް ފުއްދުމަކީ އަޅުގަނޑުގެ ޒިންމާއެއް. އެއީ ތިޔަ ބޭފުޅުން އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތް. އެ ކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކަން ދަންނަ ބަޔަކަށް. އަޅުގަނޑުގެ ވިޔަފާރިއެއް ފެށިޔަސް، ގެއެއް ރޭނިޔަސް، އަޅުގަނޑު ހޯދަން ބޭނުން ވާނީ އެކަން ދަންނަ މީހުން. އެކަން އެންމެ ރަނގަޅަށް ކުރެވޭނެ މަގު ފަހިވެފަ ތިބި މީހުން." އިދިކޮޅު ފަރާތްތަކަށް ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަގުސަދާއި މަސައްކަތް އެންމެ ފުރިހަމަޔަށް ނޭނގޭނެ ކަމަށް ދޭހަވާ ގޮތަކަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ގޮތުގައި ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ދެއްވުން އެދިވަޑައިގަންނަވާ ކަމަށާއި އިރާދަކުރެއްވިއްޔާ ވީ ވައުދުތައް މި ފަސް އަހަރު ތެރޭ ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

ދެއްވި މަޖިލީހުގެ ބޮޑު މެޖޯރިޓީއާ އެކު ވައުދުތައް ފުއްދަން ވަރަށް ބޮޑުތަން ފަސޭހަވެގެން ހިނގައްޖެ، އަދި ސަރުކާރުން ކުރާ ކަންކަން ބަލައި ޒިންމާދާރު ކުރުވުމުގައި ރައްޔިޔތުންެގެ މަޖިލީހޔގެ ފިރިހަމަ ދައުރު އެބޭފުޅުން އަދާކުރައްވަމުން އެބަ ގެނދަވާ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޓަކައި ރައްޔިތުންގެ މަޖިލީސް އެ އޮތީ،

ތޔަ ބޭފުޅުން ދެއްވި މަޖިލީހުގެ ބޮޑު މެޖޯރިޓީއާ އެކު ވައުދުތައް ފުއްދަން ވަރަށް ބޮޑުތަން ފަސޭހަވެގެން ހިނގައްޖެ. އަދި ސަރުކާރުން ކުރާ ކަންކަން ބަލައި ޒިންމާދާރު ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ދައުރު އެބޭފުޅުން އަދާކުރައްވަމުން އެބަ ގެންދަވާ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޓަކައި ރައްޔިތުންގެ މަޖިލީސް އެ އޮތީ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވުނީ، ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރު ކަމުގެ މަގާމުގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވާފައި ކަމަށާއި އެހެން ކަމުން މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ކަންކަން ހިންގާ ގޮތް ވެސް ވަރަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ބޮޑެތި ބާރު ތަކަކާ އެކު ބޮޑު ބަޖެޓެއް ހުރިހާ ކައުންސިލުތަކަށް ވެސް ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ބާރުތަކާއި ބަޖެޓުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.